Tuesday, August 9, 2016


އޭ މަގޭ ލޮބުވެތިއަޙާ..! ހޭ އަރާ ވިސްނާބަލާ..!

(ހަޤީޤީ ޙާދިސާ)
ލިޔުނީ: މަރިޔަމް ނާހިޔާ/12 އޭ

މިއީ ދަރިފުޅު ބަލައި ތަރުބިއްޔަތުކުރުމުގައި ވަރުބަލިވެފައިވާ މަންމައެއްގެ ވާހަކައެކެވެ. އެ ދަރިފުޅުގެ ނުހަނު ޅަ އުމުރުގައި ދުނިޔެއާއި ވަކިވެގެންގޮސް ފައިވާ ބައްޕައާ ނުލާ ރޭތަކާ ދުވާތައް އެދަރިފުޅަށްޓަކައި ހޭދަކޮށްފައިވާ މަންމައެއްގެ ވާހަކައެކެވެ. އޯގާތެރިކަމާ ލޯތަބާ އަޅާލުމުގައި އެހެން އިންސާނަކު ބައިވެރިނުކުރުމަށްޓަކައި ހިނގާދިޔަ ދުވަސްތަކުގައި އިތުރުކައިވެންޏެއްނުކޮށް އެދަރިފުޅަށްޓަކައި ޤުރުބާންވި އެކަނިވެރި މަންމަ އެއްގެ ވާހަކައެކެވެ.

"މަންމާ! މަންމަގެ އިޝާންމިވަނީ އެންމެ މަތީ ދަރަޖައިގައި ފާސްވެފަ...މަންމާ ނުރޮއެ! އަހަރެން މަންމަ ތިއުފުލި އުނދަގުލާ ބުރައިގެ ބަދަލު އަދާކުރާނަން.." އިޝާން އޭނާގެ މަންމަގެ ލޮލުން އޮހެރެމުންދިޔަ ކަރުނަތައް ފޮހެދެމުން ބުނެލިއެވެ. "މަންމާ! އަހަރެން ބޭނުން ވީހާވެސް އަވަހަކަށް ޖަވާޒީ ޙަޔާތެއް ފަށަން"

އޭނާގެ މަންމަ މިކަމާ ވަރަށް ފުންކޮށް ވިސްނަމުންދިޔައެވެ. އެއަށްފަހު އަވަށްޓެރި ގެއެއްގެ، ނުހަނު އަހުލާޤު ހުރި ދީންވެރި ސޯލީޙު އަންހެން ކުއްޖެއް ހޯދާދިނެވެ. ނަމަވެސް އިޝާން އެކަމަށް އިންކާރުކުރިއެވެ. އަދި ބުންޏެވެ. "އެއީ މިޒަމާނަށް ފެތޭ ކުއްޖެއްނޫން އެއީ މާ ކަޓު ޙިޔާލުހުރި ކުއްޖެއް.. އަހަރެން ބޭނުންވަނީ ނިކަން ޒަމާނަށް ފެތޭ، ސިކުނޑި ތަހުޒީބު ވެފައިވާ އަންހެންކުއްޖެއް.."


Monday, August 8, 2016



ގޮތް ނޭނގޭ ކުރީމް...

(މަރިޔަމް ނާހިޔާ/12 އޭ)


މި ޒަމާނުގައި މީހެއްގެ އަސްލު ޤުދުރަތީ ސިފަ ފެނުމަކީ ވަރަށް ނާދިރު ކަމެކެވެ. މިހާރު އުޅޭ އަންހެންކުދިންގެ މޫނުގެ ކުލައާއި ހަށިގަނޑުގެ އެހެން ގުނަވަންތަކުގެ ކުލަ އުޑައި ބިމާހާ ތަފާތެވެ. މޫނުގެ ކުލަ ވަކިން ޙާއްސަ ގޮތެއްގައި ރީތީކީނޫނެވެ. އެކިކަހަލަ ކުރީމް ތަކާއި އަގުބޮޑެތި ސާރޖަރީތައް ހަދައިގެން ސިފައެއްކޮށް ބަދަލުކޮއްލަނީއެވެ. ކިތައްމެ ކަޅު މީހަކުވެސް ހަފުތާއެއްގެ ތެރޭގައި ޔުރަޕުގެ އެންމެ ދޮންމީހުންނާ އެއްވަރަށް ހަންގަނޑުގެ ކުލަ ބަދަލު ކޮއްލެވެއެވެ.
އަޅުގަނޑުގެ އެއްބަނޑު އެއްބަފާ ކުއްޖެކެވެ. ނީމްގެ ހަންގަނޑުގެ އާއިލާގެ އެހެން ކުދިންގެ ހަންގަނޑަށް ވުރެ ތަފާތެވެ. ހަމުގެ ކުލަ އަނދިރިވެފައި ކަޅުކަން ގަދައެވެ. އެހެންކަމުން އަބަދުވެސް ތަފާތު ވައްތަރުގެ ކުރީމްތައް ބޭނުން ކުރެއެވެ. ނަމަވެސް މި އެއްޗެއްސަކުން އެއްވެސް އަސަރެއް ނީމްގެ ހަންގަނޑަކަށް ނުކުރެއެވެ. މިކަމާ އަބަދުވެސް ޝަކުވާކުރެއެވެ. އެ އުނގުޅާ އެއްޗެހިން ހަންގަނޑަށް ބަދަލު ނާންނާތީއެވެ. އަދައިގެ މަތިން އިސްކޫލުން އައިސް ނީމް ޓީވީ ބަލަން އޮށޯތެވެ. ކުއްލިއަކަށް ބަދަލު ކޮއްލެވުނު ޗެނެލަކުން ދައްކަމުން ދިޔައީ ފޭޝަލް މާރސްކެއް ހަދާނެ ގޮތެވެ.

Monday, August 1, 2016



ލިޔުނީ: (މަރިޔަމް ނާހިޔާ/12 އޭ) 

           ކޮންމެ މަލަކުން ފުނިކޮޅު ބޮމުން ގެންދިޔަ މާބޫރާއެވެ. އަހަރެން ކަލާޔާ ރައްޓެހިވީ ޒާތީ ހަސަދައެއް އޮވެގެންނެއްނޫނެވެ. ލޯބީގެ ފުން ޖަޒްބާތުތަކެއް އުތުރި އަރާތީ  ކެތްނުކުރެވިގެންނެވެ. ކަލާވެސް އެލޯބި ޤަބޫލުކުރީ ހަމައެފަދައިން ކަމަށް ހީކުރެވުނެވެ. ނަމަވެސް ކުރެވުނު ހީ އަކީ ރަންގުލޯބީގެ ދަޅައެއްކަން އެނގުނީ މާފަހުންނެވެ. އޭރުވަނީ ދިރިއުޅުން ހާވިޔާވެ، ހަޔާތް ގެއްލިފައެވެ. ކަލާގެ ގިރިޓީ ލޯބިން ދިރިއުޅުމުގައި އަލިފާން ޖަހާފިއެވެ. ހިތް އެކަނިވެރިކޮށް ރޮއްވާލައިފިއެވެ. ތަދުބީރުނުކުރެވުނު ލޯބީގައި މިވަނީ ހިތިރަހަ ލާފައެވެ. ހިތުގައި ގޮވާންކުރި ދަނޑުބިންވަނީ ހަނަފަސް ސަހަރާއަކަށް ވެފައެވެ. ހިތްވަނީ އެހެން ފަރާތަކަށް ދެވޭވަރަށް ވުރެ ބަލިކަށިވެފައެވެ. އެހެން ލޯތްބަކަށް އެދެވޭވަރަށްވުރެ އެކަނިވެރިވެފައެވެ.


     އަހަރެން މިއަދު ހަތަރު އުދަރެސް ފެނުޖެހިއްޖެއެވެ. މީހުން ބުނެއުޅެއެއް ނޫންހެއްޔެވެ. ބޮޑުކާށި ނުބިންނަހާ ހިނދަކު ފިރިހެނަކު ފިރިހެނަކަށް ނުވާނެއެވެ. ކަލާތިޔައުޅެނީ މަތީ ފަނުގާ ހިފައި ނުފޯރާފޮތިން ފޫގަޅާށެވެ. ކަލާޔާއެކު މީހަކަށް ނުޅެވެނީވެސް އެހެންވެއެވެ. ފުއްޖަހާފާތިބޭ ކޮންމެ މަލަކީވެސް ފަސްމީރު ކުރިރުކެއް ކަމުގައި ކަލާ ދެކެމެންނޫން ހެއްޔެވެ؟