ލިޔުނީ: (މަރިޔަމް ނާހިޔާ/12 އޭ)
ކޮންމެ މަލަކުން ފުނިކޮޅު ބޮމުން ގެންދިޔަ
މާބޫރާއެވެ. އަހަރެން ކަލާޔާ ރައްޓެހިވީ ޒާތީ ހަސަދައެއް އޮވެގެންނެއްނޫނެވެ.
ލޯބީގެ ފުން ޖަޒްބާތުތަކެއް އުތުރި އަރާތީ
ކެތްނުކުރެވިގެންނެވެ. ކަލާވެސް އެލޯބި ޤަބޫލުކުރީ ހަމައެފަދައިން ކަމަށް ހީކުރެވުނެވެ.
ނަމަވެސް ކުރެވުނު ހީ އަކީ ރަންގުލޯބީގެ ދަޅައެއްކަން އެނގުނީ މާފަހުންނެވެ.
އޭރުވަނީ ދިރިއުޅުން ހާވިޔާވެ، ހަޔާތް ގެއްލިފައެވެ. ކަލާގެ ގިރިޓީ ލޯބިން
ދިރިއުޅުމުގައި އަލިފާން ޖަހާފިއެވެ. ހިތް އެކަނިވެރިކޮށް ރޮއްވާލައިފިއެވެ.
ތަދުބީރުނުކުރެވުނު ލޯބީގައި މިވަނީ ހިތިރަހަ ލާފައެވެ. ހިތުގައި ގޮވާންކުރި
ދަނޑުބިންވަނީ ހަނަފަސް ސަހަރާއަކަށް ވެފައެވެ. ހިތްވަނީ އެހެން ފަރާތަކަށް
ދެވޭވަރަށް ވުރެ ބަލިކަށިވެފައެވެ. އެހެން ލޯތްބަކަށް އެދެވޭވަރަށްވުރެ
އެކަނިވެރިވެފައެވެ.
އަހަރެން މިއަދު ހަތަރު އުދަރެސް
ފެނުޖެހިއްޖެއެވެ. މީހުން ބުނެއުޅެއެއް ނޫންހެއްޔެވެ. ބޮޑުކާށި ނުބިންނަހާ ހިނދަކު
ފިރިހެނަކު ފިރިހެނަކަށް ނުވާނެއެވެ. ކަލާތިޔައުޅެނީ މަތީ ފަނުގާ ހިފައި
ނުފޯރާފޮތިން ފޫގަޅާށެވެ. ކަލާޔާއެކު މީހަކަށް ނުޅެވެނީވެސް އެހެންވެއެވެ.
ފުއްޖަހާފާތިބޭ ކޮންމެ މަލަކީވެސް ފަސްމީރު ކުރިރުކެއް ކަމުގައި ކަލާ ދެކެމެންނޫން
ހެއްޔެވެ؟
ތިޔަހެން އުޅެންޔާ މީދާފެހި ބުޅަލަށް ވީވަރުވެސް ނުވާނެއެވެ. އަހަރެން މިއުޅެނީ ކަލާޔާ ބަހުސް ކުރުމުގެ މާނައެއްގައެއްނޫނެވެ. ހަމަ ކަލާޔަށް ވިސްނަދެވޭތޯއެވެ. އަދި ބުނަން ހެއްޔެވެ؟ އަހަރެން ކަލާ ރަންކުރާކަށް ނޫޅެމެވެ. އަހަރެން މިހާރު މީ ވޮށިމަސް މިޔަރުގެ މަސްބުރިއެއް ނޫނެވެ. މިހާރު ކަލާ ތިޔަ އުޅެނީ އެހެން މަލަކުން ފޮނިކޮޅެއް ލިބޭތޯއެވެ. އެއްފުޅަން މަތިން ފުއްމާލި ބަކަރި އަނެއް ފުޅައް މަތިންވެސް ފުންމާލާނޭކަން ޔަޤީނެވެ.
ތިޔަހެން އުޅެންޔާ މީދާފެހި ބުޅަލަށް ވީވަރުވެސް ނުވާނެއެވެ. އަހަރެން މިއުޅެނީ ކަލާޔާ ބަހުސް ކުރުމުގެ މާނައެއްގައެއްނޫނެވެ. ހަމަ ކަލާޔަށް ވިސްނަދެވޭތޯއެވެ. އަދި ބުނަން ހެއްޔެވެ؟ އަހަރެން ކަލާ ރަންކުރާކަށް ނޫޅެމެވެ. އަހަރެން މިހާރު މީ ވޮށިމަސް މިޔަރުގެ މަސްބުރިއެއް ނޫނެވެ. މިހާރު ކަލާ ތިޔަ އުޅެނީ އެހެން މަލަކުން ފޮނިކޮޅެއް ލިބޭތޯއެވެ. އެއްފުޅަން މަތިން ފުއްމާލި ބަކަރި އަނެއް ފުޅައް މަތިންވެސް ފުންމާލާނޭކަން ޔަޤީނެވެ.
ވިސްނާބަލާށެވެ. ބައްތީގެ ހުޅުކޮޅަށް
ޕަރުވާނާ އާދެއެވެ. އެޕަރުވާނާވެސް ބައްތީގެ ހުޅުކޮޅުވަށައި އެނބުރެނީ
އަހަރެންވެސް ކަލާގެ ޖަޒްބާތީ އޮއިވަރުގައި އެނބުރުނު އުސޫލުންނެވެ. ނަމަވެސް
އެންމެފަހުން އެ ޕަރުވާނާ ނިމިގެންދާނީ އޭތި އުންމީދުކުރި ބައްތީގެ
ހުޅުކޮޅުގައިޖެހި އަނދާ އަޅިއަށްވެގެންނެވެ. އަހަރެންނަށްވެސް ވީ ހަމަ އެ ޕަރުވާނާ
ވީހެންނެވެ. ހަމަ ޔަޤީނުންވެސް އަހަރެން އުދުއްސާގަތީ އިށީންނާނެ ގަލެއް
ބަލާފައެވެ. ކޮންމެ އަކަސް ރޯކޭލޭ ބުނީމާ ދެތަލި ތަތްލާހެން ހީވާނެއެވެ.
ނަމަވެސް އަހަރެންހުރީ ކަލާގެ ލޯބީގައި އާވާރާވެފައެވެ. ކުރަހަމުންދިޔަ ކުރެހުމުގައި ޖައްސަމުންއާކުލަ ބަދަލުކޮށްލަން ޖެހިއްޖެއެވެ. ތިމާއަށް ތިމާ ފެނުނީމާވާނީވެސް އެހެން ނޫންހެއްޔެވެ. އަހަރެންކަލާޔަށް ކިހާ ނަސޭހަތެއް ހެއްޔެވެ. އެކަމަކު އެކަންވީ ފޫނެއްފަޔަށް ފެން ފުރުން ފަދަ ކަމަކަށެވެ. އަހަރެންވެސް ބަސްނުވިކޭ އޮޑިއެއްގެ ދިރުނބާކޮޅަށް އަރާހިތްނުވީއެވެ.
ނަމަވެސް އަހަރެންހުރީ ކަލާގެ ލޯބީގައި އާވާރާވެފައެވެ. ކުރަހަމުންދިޔަ ކުރެހުމުގައި ޖައްސަމުންއާކުލަ ބަދަލުކޮށްލަން ޖެހިއްޖެއެވެ. ތިމާއަށް ތިމާ ފެނުނީމާވާނީވެސް އެހެން ނޫންހެއްޔެވެ. އަހަރެންކަލާޔަށް ކިހާ ނަސޭހަތެއް ހެއްޔެވެ. އެކަމަކު އެކަންވީ ފޫނެއްފަޔަށް ފެން ފުރުން ފަދަ ކަމަކަށެވެ. އަހަރެންވެސް ބަސްނުވިކޭ އޮޑިއެއްގެ ދިރުނބާކޮޅަށް އަރާހިތްނުވީއެވެ.
އެއް އިރެއްގާ ކަލާގެ ލޯތްބަކީ
އަހަރެންނަށް މާމުތައްވުރެ ފޮނި އެއްޗެކެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ.
ކަލާވަނީ އަހަރެންގެ މުށުތެރޭގައި އޮވެ އަހަރެންގެ ހިތަށައި ފުރާނައަށް އަރާމު
ދީފައެވެ. ލޯބީގެ ދާނުގައި މުތަކަށް ހަދާގެން ލޯބީގެ ޙަޒާނާގައި
ރައްކާކޮށްދީފައެވެ. މީރުވަސްދުވާ ހުވަނދަކަށް ހަދާދީފައެވެ. ލޯބިވަނީ ހަމައެކަނި
ލައިލާއާއި މަޖުނޫނު ނޫންކަން ކަލާ އަހަރެންނަށް ދައްކާދިނެވެ. ނަމަވެސް އެއީ
ހުސްދަޅަ ތަކެކެވެ. އެއްރެއަކު ކަލާ ބުނީމެއްނޫން ހެއްޔެވެ."ލޯތްބަށްޓަކައި
އަހަރެންހުވާ މަރުވެސް ވެދާނަމެވެ". ފަރުދާގެ ފުރަގަހެއް އަހަރެންނަކަށް
ނުފެނެއެވެ. ކަލާ އަހަރެންގެ ގައިގައި ކާށިތެޔޮލައްވަނީ ނުހަނު ލޯބިންނެވެ.
ކުއްވެރިއަކީ ކަލާގެ ސޫރައެވެ. އަހަރެންކަލާއަށް
ނުބެލުމަށް ޢަޒުމް ކަނޑައަޅާފައިވަނިކޮން އަހަރެންގެ ލޯ އަހަރެންނަށް
ނުކިޔަމަންތެރިވީއެވެ. ލޮލުގެ ކަޅި އަހަރެންނާ ވަގަށް ތިޔަސޫރަޔަށް ބަލަނީއެވެ.
އަހަރެންގެ ޒަމީރު އަހަރެންނާ މުޙާތަބުކޮށް ބުނެއެވެ. އެ ސޫރަޔަށް ނުބަލާށެވެ.
އެއީ ރީތި ސިފައެއްގައި ހުރި ސިންގާއެކެވެ. އެ ހިނދު ލޯ އަހަރެންގެ ޒަމީރާ
މުޙަތަބުކޮށް ބުނެއެވެ. އެ ސޫރަޔަށް ނުބަލާ ހުރެވޭނީ އެންމެ ހިނދު ކޮޅަކުއެވެ.
އެއީ އަހަރެން ސަލާމަތުން ނެތް ހިނދެއްގައެވެ. އަހަރެންގެ ފެނުމުގެ ޙިއްސު
އަހަރެންނަށް ކިޔަމަންތެރި އެެއްނުވެއެވެ. ކަލާގެ ސޫރަ އަހަރެންގެ ލޮލަށް ފެނުމުން
ލޯ އަހަރެންގެ ހިތުގެ ކަންފަތް ދޮށުގައި ބުނެއެވެ. އެފަދަ ރީތި ސޫރަޔެއް އަހަރެން
ދުވަހަކުވެސް ނުދެކެމެވެ. އެހިނދު އަހަރެންގެ ހިތްބުނެއެވެ. އެހެންވީރު އަހަރެން
އޭނާ ބޭނުމެވެ. އަހަރެންގެ ޒަމީރު އަހަރެންގެ ހިތާ މުޙާތަބުކޮށް ބުނެއެވެ. މޮޔަނުވާށެވެ! އެއީ
އަހަރެންގެ ފެންވަރެއްނޫނެވެ. އަހަރެންގެ ހިތް އަހަރެންގެ ބަހަށް ނުކިޔަމަންތެރި
ވީއެވެ. އެންމެ ފަހުން.........
ނަމަވެސް ސިކުނޑި ނެތް ވަލު ޖަނަވާރަކަށް ވާކަށް
އަހަރެން ބޭނުމެއް ނޫނެވެ. މިހާރު ކަލާތީ ހަވަރު ތުންފުއްސެކެވެ.
މައްސަލައެއްނެތެވެ. ނުބީހެންޏާ ކަނޑާ ހަމައެއްނޫން ހެއްޔެވެ. އަހަރެން
ކަލާއަށްޓަކައި މުޅި އުމުރަށް ސަލާމެވެ. އަހަރެންމީ ރިހޭފައި މައްޗަށް ފޮއި ވެއްޓި
ގޮތް ހުސްވެފައިވާ މީހެއްނޫނެވެ. އަަހަރެންމީ ކަލާހެން ބެހި އޮޑިއަށް ވާހަކަ ގޮވާ
މީހެއްނޫނެވެ. ކަލާތީ އަންހެންކުއްޖަކު ނުލިބޭނޭ ކިޔާފައި ދެބޯދޫނި ދުނިޔެއަޅާ
ދިޔަހެން ދުނިޔެއަޅާ ނުދާނެ މީހެއްކަން އަހަރެންނަށް އެނގެއެވެ. ތެޔޮނާށި
ކާޅުޖަހާގަނެގެން ކަލާ ނޫޅޭނޭކަންވެސް އެނގެއެވެ. ކަލާތީ ކޮންމެ މީހަކުވެސް
ހެޔޮވަރު މީހެކެވެ. އެއީ އެންމެންނަށް އެނގޭނޭ ބޮޑު ހަޤީޤަތެކެވެ. މާބޫރުގެ
އުސޫލަށް ގެއްލުމަކީ ހަޑި ކަމެއްކަން ކަލާޔަށް ނުވިސްނެނީ ހެއްޔެވެ. ވަޅި ރީތިވާނީ
ތޫނިއްޔާއެެވެ. އަހަރެން ގޮތެއްހުހެއް ނުވެއެވެ. މޫދުގައި އުންނަކޮންމެ މަހަކަށް
ގަލެއް އޮވެއެއް ނޫންހެއްޔެވެ؟ އެގޮތުން އަހަރެންނަށްވެސް ގަލެއް އޮންނާނެއެވެ.
އެކަމަކު އެގަލަކީ ތީ ކަމުގައި އަހަރެން ނުދެކެމެވެ. އެއްފަހަރު މާބޫރު
ދިޔަމަލަކަށް ދެވަނަ ފަހަރަކަށް އެމާބޫރެއް
ނުދާނެއެވެ. އަދި ފޮޅޭއިރަށް ފޮނިބޯންދޭނޭ މާބޫރެއްވެސް މަދެއްނުވާނެއެވެ.
އެކަމަކު ތިޔަ މާބޫރު ކާރިއަކަށް މި މަލެއް ހުވަފެނެއްގައިވެސް ނުދާނަމެވެ.
އޭ މާބޫރާއެވެ. މިޔަދު މާބޫރު ތިޔަވަނީ
އެންމެންގެ ކުރިމަތީ އަގުވެއްޓި ބަދުނާމު ވެފައެވެ. ދުވަސްކޮޅަކުން ކަލާތީ
ފަސްތަނުގައި ބެހެއްޓި މުޅޯއްޓަކަށް ވެދާނެއެވެ. ކަލާ މިހާރުތިޔަވަނީ ފަތަފޮޅި
ދަށުލި ފަތްގަނޑަކަށް ވެފައެވެ. ދެންވެސް ރަނގަޅަށް އުޅެވޭތޯ ބަލާށެވެ.
ދިރިއުޅުމަށްޓަކައި ކޮންމެވެސް އެކަކު ޙިޔާލު ކުރާށެވެ. ފެންނަހާ ކޮންމެ އެއްޗަކީ
ރަންކަމުގައި ނުދެކޭށެވެ. ހުރިހާ މަލެއްގެ ފޮނިކޮޅުބޯން ނޫޅޭށެވެ. ކަރުތެރޭގައި
ހިތިރަހަ ހިފާފާނެވެ. ތިމާއަކީ ނުހައްދަވާ އަޅެކޭ މީހަކު ބުނިޔަ ނުދޭށެވެ. މިނެދޭ
ނާޅިން މިނެދިނުމަކީ ދުނިޔޭގެ އާދައެއްކަމުގައި ދެކޭށެވެ. އަދި ތިބާގެ އުޑުކިބަ
ފިލުވާދިނީ ކޮންބައެއްކަން ހަނދާންކުރާށެވެ. މިސްކިތްމައްޗަށް މިސްކިތް
ނާރުވަވޭތޯބަލާށެވެ.

No comments:
Post a Comment