އޭ މަގޭ ލޮބުވެތިއަޙާ..! ހޭ އަރާ ވިސްނާބަލާ..!
(ހަޤީޤީ ޙާދިސާ)
ލިޔުނީ: މަރިޔަމް ނާހިޔާ/12 އޭ
ލިޔުނީ: މަރިޔަމް ނާހިޔާ/12 އޭ
މިއީ ދަރިފުޅު ބަލައި ތަރުބިއްޔަތުކުރުމުގައި
ވަރުބަލިވެފައިވާ މަންމައެއްގެ ވާހަކައެކެވެ. އެ ދަރިފުޅުގެ ނުހަނު ޅަ އުމުރުގައި
ދުނިޔެއާއި ވަކިވެގެންގޮސް ފައިވާ ބައްޕައާ ނުލާ ރޭތަކާ ދުވާތައް
އެދަރިފުޅަށްޓަކައި ހޭދަކޮށްފައިވާ މަންމައެއްގެ ވާހަކައެކެވެ. އޯގާތެރިކަމާ
ލޯތަބާ އަޅާލުމުގައި އެހެން އިންސާނަކު ބައިވެރިނުކުރުމަށްޓަކައި ހިނގާދިޔަ
ދުވަސްތަކުގައި އިތުރުކައިވެންޏެއްނުކޮށް އެދަރިފުޅަށްޓަކައި ޤުރުބާންވި
އެކަނިވެރި މަންމަ އެއްގެ ވާހަކައެކެވެ.
"މަންމާ! މަންމަގެ އިޝާންމިވަނީ އެންމެ
މަތީ ދަރަޖައިގައި ފާސްވެފަ...މަންމާ ނުރޮއެ! އަހަރެން މަންމަ ތިއުފުލި އުނދަގުލާ
ބުރައިގެ ބަދަލު އަދާކުރާނަން.." އިޝާން އޭނާގެ މަންމަގެ ލޮލުން
އޮހެރެމުންދިޔަ ކަރުނަތައް ފޮހެދެމުން ބުނެލިއެވެ. "މަންމާ! އަހަރެން ބޭނުން
ވީހާވެސް އަވަހަކަށް ޖަވާޒީ ޙަޔާތެއް ފަށަން"
އޭނާގެ މަންމަ މިކަމާ ވަރަށް ފުންކޮށް
ވިސްނަމުންދިޔައެވެ. އެއަށްފަހު އަވަށްޓެރި ގެއެއްގެ، ނުހަނު އަހުލާޤު ހުރި
ދީންވެރި ސޯލީޙު އަންހެން ކުއްޖެއް ހޯދާދިނެވެ. ނަމަވެސް އިޝާން އެކަމަށް
އިންކާރުކުރިއެވެ. އަދި ބުންޏެވެ. "އެއީ މިޒަމާނަށް ފެތޭ ކުއްޖެއްނޫން އެއީ
މާ ކަޓު ޙިޔާލުހުރި ކުއްޖެއް.. އަހަރެން ބޭނުންވަނީ ނިކަން ޒަމާނަށް ފެތޭ، ސިކުނޑި
ތަހުޒީބު ވެފައިވާ އަންހެންކުއްޖެއް.."
އެންމެފަހުން މަންމަގެ ހިތުގެ ނުރުހުމާއެކު
އޭނާ ބޭނުންވާ ކަހަލަ ކުއްޖަކާ ކައިވެނި ކުރިއެވެ. އެއީ ދީންވެރި ކުއްޖެއްނޫނެވެ.
އޭނާގެ ހުރިހާވެސްކަމަކަށް އޮންނަނީ ފޯނުގައި ގިނަވަގުތު ހޭދަކުރުމާ،
ރައްޓެހިންނާއެކު އަބަދު ގެއިން ބޭރުގައި އުޅުމެވެ. މިކަމާ އިޝާންގެ މަންމަ
ހުންނަނީ ހިތްހަމަނުޖެހިގައެވެ. އެންމެ ހިތްހަމަނުޖެހެނީ އޭނާ ލާ ހެދުމުގެ
ބާރުކަމުންނާއި ފެޝަންކަމުންނެވެ. އޭނާގެ އުޅުންހުންނަ ގޮތާމެދު އެތައްފަހަރަކު
އިޝާން އާ އޭނާގެ މަންމަ ވާހަކަ ދެއްކިއެވެ. އެންމެފަހުން އެކަމާ
ހިތްހަމަނުޖެހިގެން އިޝާން އޭނާގެ މަންމައާ ދިމާއަށް ބުންޏެވެ. "މަންމާ!
މަންމަ އަހަރެންގެ ޖަވާޒީ ޙަޔާތުގެ ތެރެއަށް ވަންނަން މަސަތްކަތް ނުކޮށްބަލަ..އެއީ
އަހަރެންގެ އަމިއްލަކަމެއް...އަހަރެންގެ ދިރިއުޅުމާ ނުބެހި މަންމަ
މަޑުންހުރޭ". އޭނާގެ މި ޖަވާބުން އޭނާގެ މަންމަގެ ހިތްފަޅާގެން ދިޔަކަލައެވެ.
އެންމެފަހުން އިޝާންގެ އަންހެނުން އޭނާގޭ
މަންމައޭ ކިޔާގެން ޝާކުވާކުރަން ފެށިއެވެ. މަންމައަކީ ކުޑަކުދިންގެ ވިސްނުން
ހުންނަ މިހެކޭ ކިޔާގެން އެއްޗެހި ކިޔަންފެށިއެވެ. އަދި އެ މަންމަގެ ސަބަބުން
އެދެމީހުންގެ ދިރިއުޅުމަށް ހުރަސް އެޅޭނޭ ކިޔައި ޝަކުވާކުރަންފެށިއެވެ.
އެންމެފަހުން އިޝާން ބައްޕައަކާ ނުލާ ބަލާބޮޑުކޮށް އޭނާއަށް ފުރިހަމަ ދިރިއުޅުމެއް
ހޯދަދިން މަންމައަށް އަޑުހަރުކޮށް ބަސްބުނެ މަލާމާތް ކުރަންފެށިއެވެ.
ދުވަސްތައް މާޒީވަމުންގޮސް އޭނާއަށް ލޯބި ލޯބި
އަންހެންކުއްޖެއް ލިބުނެވެ. އޭނާގެ އަންހެނުންގެ ރޭވުން ގަނޑުފެށުނީ
އެހިސާބުންނެވެ. "އިޝާން! މަންމަ ވީއާ މަންމަ... އަހަރެން ވީއާ އަހަރެން؟
ކޮންމެ ވެސް އެއްގޮތެއް ޙިޔާލު ކުރޭ. މި ކުޑަ ދަރިފުޅާއެކު މަންމަވެސް ގޮވާގެން
އުޅެވޭހާ މިގޭ ތަނަވަހެއް ނޫން."
އެންމެފަހުން އިޝާން އެންމެ ތުއްތުއިރުންސުރެ
ގޮވާގެން އުޅުނު، އެ މަންމަގެ ފުށުން އޭނާއަށް ލިބުނުގެއިން މަންމަ ނެރެލުމަށް
ނިންމިއެވެ. ބުރާސްފަތި ދުވަހެވެ. އެ މަންމަ ފަތިސް ނަމާދުކޮށްލައިގެން މުޟޮއްލަ
މަތީގައި އިންދައި އިޝާންއައެވެ. އަދި އާދަޔާ ޙިލާފަށް މަންމަގެ ބޮލުގައި
ބޮސްދިނެވެ. "މަންމާ! ހިނގާ މިޔަދު އެންމެން ދަތުރުދާން؟" އިޝާން
އާދޭސްކުރަން ފެށުމުން އޭނާގެ މަންމަ އެކަމާ އެއްބަސްވިއެވެ. އެ
އެބަސްކުރުމުގައިވަނީ ކޮންފަދަ ނުލަފާ ރޭވުމެއްކަން ނޭނގޭ ހާލުއެވެ. ދަތުރުގޮސް
މެންދުރުގެ ކެއުމަށްފަހު އެންމެން ހަމަޖެހިލާގެން ތިއްބެވެ.
އިޝާން ކުއްލިއަކަށް އޭނާގެ މަންމަގާތައް
ޖެހިލައި ކަރުދާސްކޮޅެއް ދިނެވެ. "މަންމާ! އަހަރެމެން އެބަ އަންނަން
މިތާކައިރީގައި ހުރި ފޭލިގެއެއްގައި އުޅޭ އަހަރެމެންގެ ރައްޓެއްސަކާ
ބައްދަލުކޮށްލާފާ..މިއޮތީ އަހަރެންގެ ނަމްބަރު. ކަމެއްދިމާވެއްޖެނަމަ މިތާ ކައިރި
ފޯނުބޫތަކުން އަހަރެންނަށް ގުޅާލާ" އިޝާންމެން ދިޔަފަހުން ޙަބަރެނުވެގެން
އޭނާ މަންމަ ހާސްވަންފެށިއެވެ. މިހާރު އަސުރު ފަހަނައަޅާ ގޮސްފިއެވެ. ކުއްލިއަކަށް
އިޝާންދިން ނަމްބަރުމަތިން ހަނދާންވެއްޖެއެވެ. އަދި އެހިސާބާ އެންމެ ކައިރި ފޯނުބޫތެއް
ހޯދުމަށް މިޝްރާބު ޖެހިއެވެ. ރޮއި ގިސްލަމުން ދަރިންކޮޅު ހޯދުމުގެ އުންމީދުގައި
ހިނގަނިކޮން ކާރެއްގައި އައި މީހަކާ ދިމާވިއެވެ. އަދި އޭނާގެ ވާހަކަ ކިޔާދިނުމުން
އެ ޒުވާނާ އޭނާގެ އަތުގައި އޮތް ގަނޑުކޮލު ބަލާލިއެވެ. އޭގައި ވަނީ
މިހެންނެވެ."ގެއްލިގެންއުޅޭ މި މުސްކުޅި މީހަޔާދިމާވި މީހަކުނަމަ ނުކުޅެދޭ
މީހުންނާއި ދުވަސްވީ މުސްކުޅިން ބަލަހައްޓާ އެންމެ ކައިރި ސެންޓަރަކާ ހަވާލު
ކޮށްދެއްވުން އެދެން" އެ މަންމަގެ ހިތްކުދިކުދިވި ކަހަލައެވެ.
އެދަރިފުޅަކަށްޓަކައި އޭނާގެ މުޅި ޙަޔާތްވޭތަކުރި ދަރިފުޅުގެ މެސެޖަކީ މިއެވެ.
އެ މަންމަ އޭނާގެ އައު ޙަޔާތް އެ މަރުކަޒުގައި
ހޭދަކުރަންފެށިއެވެ. މީ އިޙުސާންތެރިކަމުގެ ހައްޤު ޖަޒާ ހެއްޔެވެ؟ ބެލެހެއްޓުމާ
ހަވާލުވެހުރި މީހާ އިޝާންގެ މަންމައަށް ބުނިއެވެ. "އިޝާންގެ ނަމްބަރ
އަހަރެމެންނަށް ދީފައި އެބައޮތް.. ކަމެއް ބޭނުންވެއްޖެނަމަ ގުޅާލުމަށް!.."
ނަމަވެސް އެމަންމަ އެކަމާ އެއްބަހެއްނުވިއެވެ. އަދި ބުނި "އަހަރެން
މަރުވީމައި އެ ނަންބަރަށް ގުޅާލާ.."
އެއްދުވަހަކު އެ މަންމަގެ ހާލު ވަރަށް ބޮޑު
ވެއްޖެއެވެ. އަދި ބަލަހައްޓާ މީހާ އިޝާންއަށް ގުޅިއެވެ. އަދި އެ މަންމަ
ހިތަހަމަޖައްސައި ދިނުމަށްޓަކައި އޭނާހުރުން މުހިންމުކަމުގައި ބުންޏެވެ. އެވަގުތު
އިޝާންގެ ޖަވާބަކަށްވީ "ވަރަށް ބޮޑަށް މަޢާފު ކުރައްވާ.! އާއިލާއާއެކުގައި
މިޔަދު ޢީދު ޗުއްޓީއަށް ޕެރިހައް ދާން މިފުރަނީ.. ޗުއްޓީ ނިންމާލައިފައި އައިސް
ޒިޔާރަތް ކޮށްލާނަން..." އެ މަންމަގެ ހާލަތު ފަހަރަކަށް ވުރެ ފަހަރެއް
ބޮޑުވަމުންދިޔައެވެ. އެވަގުތު އެމަންމަގެ ދުލުންބޭރުވެގެންދިޔަ ބަސްތައް ބަލަހައްޓާމީހާއަށް
އިވުނެވެ. އެ އަންހެނާ އެ ދަރިފުޅަކަށްޓަކައި މުޅި ޙަޔާތް ޤުރުބާންކޮށް
އެދަރިފުޅެއްގެ ކިބައިން އަޅާލުމާއި އޯގާތެރިކަން ލިބޭނެކަމަށް
އުންމީދުކުރަމުންދިޔަ ދަރިފުޅުގެ އިހާނެތިކަމާ އަނިޔާވެރިކަމަށްޓަކައި
ކެތްނުކުރެވިގެން އޭނާގެ ދުލުން ބޭރުވަމުންދިޔައެވެ. " އޭﷲ! އޭނާ އާއި އޭނާގެ
އަނބިމީހާގެ ކިބައިނަ ބަދަލު ހިއްޕަވައި!.. އޭ ﷲ އޭނާ އާއި އޭނާގެ އަންހެނުން
ކިބައިން ބަދަލު ހިއްޕަވާ..!"
މި ހާލުގައި އެތައް ވަޤުތެއް ހޭދަކުރުމަށްފަހު
ހަވީރުވިފަހުން އެ މަންމަގެ ހާލު ރަނގަޅުވިއެވެ. އެދި ބަލަހައްޓާމީހާއަށް ބުނި "އަހަރެންގެ
މަރު ކައިރިވެއްޖެކަމުގެ އިޙްސާސް ކުރެވޭބަ..! އަހަރެންގެ ދަރިފުޅު އަހަރެން
މަރުވެފައިވާ މަސްގަނޑު ބަލާ އަތުވެއްޖެނަމަ މި މެސެޖް ފޯރުކޮށްދީ"...
"އޭ އިޝާން! ﷲ ތިބާއަށް މަޢާފު
ނުކުރައްވާށި..! ދުނިޔެއާއި އާޙިރަތުގައިވެސް ﷲ ތިބާއަށް މައާފުނުކުރައްވާށި..!
"
އެ މަންމަ އެ ޙާލުގައި އޮތުމަށްފަހު މި
އަނިޔާވެރި ދުނިޔެއާއި ވަކިވެގެން ހިނގައްޖެއެވެ. ބަލަހައްޓާ މީހާ އިޝާންގެ
ނަމްބަރ އަށް ގުޅާލިއެވެ. ނަމަވެސް ޖަވާބުދިނީ އެހެންމީހެކެވެ.
"އިޝާން ހޯދަން..! ވަރަށް
މުހިންމުކަމަކު.. މިއީ އުމުރުން ދުވަސްވީ މީހުން ބަލަހަޓާތަން..! "
އެކޮޅުން ވާހަކަ ދެއްކި މީހާ ޖަވާބުދިނެވެ.
"އިޝާން ހިނގައްޖެ..! ދެން ދުވަހަކުވެސް އޭނާއެއް ނާންނާނެ.."
ބަލަހައްޓާމީހާ ޖަވާބުދިނެވެ. "އޭނާގެ
މަންމަ މަރުވެއްޖެ! ހަށިގަނޑާ ހަވާލުވަން އަންނަންޖެހޭނޭ.."
ފޯނުން ވާހަކަ ދައްކަމުންދިޔަ މީހާ ކުއްލިއަށް
ބާރަށް ރޮއިގަނެވެ. އަދި ބުނަމުންދިޔަ " އަހަރެންނަކީ އިޝާންގެ އަންހެނުންގެ
އެއްބަނޑުއެއްބަފާ ކުއްޖެއް..! އިޝާންއާއި އޭނާގެ އަންހެނުން އަދި ލޯބިވާ ދަރިފުޅު
ދަތުރައް ފުރުމަށްޓަކައި އެއަރޕޯޓައް ދާން ދިޔަ.. އަދި ދިޔަ މަގުމަތީ އޭނާ ކާރު
ދުއްވީ ނުހަނު ބާރައް..! އެންމެ ފަހުން ކާރު މަގުން ކައްސާލާގެން ގޮސް
އެކްސިޑެންޓުވި.. ކާރުގައި ތިބި އެކަކުވެސް ސަލާމަތެއް ނުވި"
އެ މިސްކީނު އަންހެންމީހަޔާމެދުގަ އޭނާގެ މުޅި
ޙަޔާތް ޤުރުބާންކޮށްގެން ބަލާބޮޑުކޮށްދީ ތަޢުލީމު ޙާސިލުކޮށްދިން ދަރިފުޅު
އިޙުމާލުވެ އަނިޔާވެރިވުމުގެ ސަބަބުން އެ ނިކަމެތި އަންހެނާ ކުޅަ ދުޢާ ހަތް އުޑުގެ
މަތިން ﷲ އައްސަވާވޮޑިގެން އިޖާބަކުރެއްވިއެވެ. އަދި އަނިޔާވެރި އަނތްބަކާ
ޖެހިއްޖެނަމަ ޙަޔާތުގެ ނިމުން ހިތިވެގެން ދާނެކަން ހާމަވެގެން ދިޔައެވެ.

No comments:
Post a Comment