އޭ މަގޭ ލޮބުވެތިއަޙާ..! ހޭ އަރާ ވިސްނާބަލާ..!
(ހަޤީޤީ ޙާދިސާ)
ލިޔުނީ: މަރިޔަމް ނާހިޔާ/12 އޭ
ލިޔުނީ: މަރިޔަމް ނާހިޔާ/12 އޭ
މިއީ ދަރިފުޅު ބަލައި ތަރުބިއްޔަތުކުރުމުގައި
ވަރުބަލިވެފައިވާ މަންމައެއްގެ ވާހަކައެކެވެ. އެ ދަރިފުޅުގެ ނުހަނު ޅަ އުމުރުގައި
ދުނިޔެއާއި ވަކިވެގެންގޮސް ފައިވާ ބައްޕައާ ނުލާ ރޭތަކާ ދުވާތައް
އެދަރިފުޅަށްޓަކައި ހޭދަކޮށްފައިވާ މަންމައެއްގެ ވާހަކައެކެވެ. އޯގާތެރިކަމާ
ލޯތަބާ އަޅާލުމުގައި އެހެން އިންސާނަކު ބައިވެރިނުކުރުމަށްޓަކައި ހިނގާދިޔަ
ދުވަސްތަކުގައި އިތުރުކައިވެންޏެއްނުކޮށް އެދަރިފުޅަށްޓަކައި ޤުރުބާންވި
އެކަނިވެރި މަންމަ އެއްގެ ވާހަކައެކެވެ.
"މަންމާ! މަންމަގެ އިޝާންމިވަނީ އެންމެ
މަތީ ދަރަޖައިގައި ފާސްވެފަ...މަންމާ ނުރޮއެ! އަހަރެން މަންމަ ތިއުފުލި އުނދަގުލާ
ބުރައިގެ ބަދަލު އަދާކުރާނަން.." އިޝާން އޭނާގެ މަންމަގެ ލޮލުން
އޮހެރެމުންދިޔަ ކަރުނަތައް ފޮހެދެމުން ބުނެލިއެވެ. "މަންމާ! އަހަރެން ބޭނުން
ވީހާވެސް އަވަހަކަށް ޖަވާޒީ ޙަޔާތެއް ފަށަން"
އޭނާގެ މަންމަ މިކަމާ ވަރަށް ފުންކޮށް
ވިސްނަމުންދިޔައެވެ. އެއަށްފަހު އަވަށްޓެރި ގެއެއްގެ، ނުހަނު އަހުލާޤު ހުރި
ދީންވެރި ސޯލީޙު އަންހެން ކުއްޖެއް ހޯދާދިނެވެ. ނަމަވެސް އިޝާން އެކަމަށް
އިންކާރުކުރިއެވެ. އަދި ބުންޏެވެ. "އެއީ މިޒަމާނަށް ފެތޭ ކުއްޖެއްނޫން އެއީ
މާ ކަޓު ޙިޔާލުހުރި ކުއްޖެއް.. އަހަރެން ބޭނުންވަނީ ނިކަން ޒަމާނަށް ފެތޭ، ސިކުނޑި
ތަހުޒީބު ވެފައިވާ އަންހެންކުއްޖެއް.."


